ޓީޖޭ ހިއްސާކުރި ފޮޓޯގައި ފެނިގެންދަނީ އޭނާގެ ދެ ދަރިން ބަދިގޭގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މަންޒަރެވެ. އެގޮތުން އެކަކު ފިޔަަލުގެ ތޮށި މަށަން ހުރިިއިރު މިއީ ޕާސްތާ ތައްޔާރުކުރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށް ތީޖޭ ބުނެ އެވެ.
ދެ ކުދިން ވަރަށް ހެވިފައި ތިބެ މަސައްކަތްކުރާ ތަން ފެނިގެންދާއިރު ތީޖޭ ބުނީ ކުދިން ކުޑައިރު އެކުދިންނަށް މިފަދަ މަސައްކަތްތައް ދަސްކޮށްދޭން ޖެހޭ ކަމަށާއި ނޫންނަމަ ބޮޑުވުމުން އެކުދިން، މިފަދަ ކަންކަމަށް މާބޮޑު އިސްކަމެއް ނުދޭނެ ކަމަށެވެ.
ގަބޫލް ހޭ އާއި ނާގިން ފަދަ ކާމިޔާބު ގިނަ ޝޯތަކަކުން ފެނިގެންގޮސްފައިވާ ކަރަންވިރާއި އޭނާގެ އަންހެނުން ކައިވެނިކުރީ 2006 ވަނަ އަހަރެވެ. އެމީހުންނަށް ޓްވިންސެއް ލިބުނީ 2016 ވަނަ އަހަރެވެ.