މިހާރު ގަތަރު އެއާވޭސް ރާއްޖެއަށް ކުރަމުން އަންނަނީ ހަފުތާއަކު 12 ދަތުރެވެ. އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިތުރުކުރާ ފްލައިޓާއެކު އެ އެއާލައިން އިން ހަފްތާއަކު 21 ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.
ގަތަރު އެއާވޭސްއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަކީ ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް އެ އެއާލައިންގެ ދަތުރުތައް ފުޅާކުރުމަށް ރާވާފައިވާ ޕްލޭންގެ ދަށުން ގެނައި ބަދަލެކެވެ. މި ބަދަލުގެ ދަށުން ފްލައިޓްތައް ދެން އިތުރުކުރަނީ ލަންޑަން އަދި ޕުކެޓަށެވެ. މި ޕްލޭންގެ ދަށުން ދުނިޔޭގެ 170 ގައުމަކަށް އެ އެއާލައިނުން ދަތުރުތައް ބާއްވާނެ އެވެ.
ހުޅަނގުގެ މަންޒިލްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ކުރާ ދިގު ދަތުރުތަކުގައި ޓްރާންސިޓް ކުރާ އެއް މަންޒިލަކީ ގަތަރުގެ ދޯހާ އެވެ.
އެހެންކަމުން ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަކީ ކުރިއަށް އޮތް ހައި ސީޒަން ދުވަސްވަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމަށް އެހީތެރިވާނެ ކަމެކެވެ.
ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001 ގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;