އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މި މުބާރާތުގެ ތިންވަނަ ހީޓުގައި ގައުމީ ޓީމްގެ ކެޕްޓަން ސައްޔިދު ސަލާހުއްދީން އެޅި ދެ ރާޅަށް ޖުމްލަ 6.43 ޕޮއިންޓް އހަމަކޮށްގެން އެއްވަނަ ހޯދިވެ. ދެވަނަ ހޯދީ 6.23 ޕޮއިންޓް ހޯދި ޓީމް ތުލުސްދޫގެ ކަޔާން އަބްދުﷲ އަރީފް އެވެ. މި ހީޓުން ތިންވަނައަށް ދިޔައީ ތައިލެންޑުގެ ޓިން ޖޯންސަންއެވެ.
ހަތަރުވަނަ ހީޓުގައި ވެސް ކުރި ހޯދީ ދިވެހި ސާފަރުންނެވެ. މި ހީޓުން އެއްވަނަ ހޯދީ ގައުމީ ޓީމްގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ދެވަނައަށް ދިޔައީ 9.10 ޕޮއިންޓް ހޯދި ޓީމް ތުލުސްދޫގެ މުހައްމަދު އިނާން އަބްދުލް ހަންނާނެވެ.
ގައުމީ ޓީމުގެ ސާފަރު ޔަސިން އަހުމަދު ނާޝިދު ވަނީ ފަސްވަނަ ހީޓުގައި 9.17 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ.