ބަންގްލަދޭޝްގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށް ފަހު މިއަދު އަލުން އެ ދަތުރުތައް ފަށައިފި އެވެ.

Advertisement
މިދިޔަ ޖުލައި މަހުން ފެށިގެން ބަންގްލަދޭޝްގައި އަންނަނީ އެގައުމުގެ ސަރުކާރުން ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.
މޯލްޑިވިއަނުން މިއަދު ބުނީ މިހާރު އަލުން ބަންގްލަދޭޝްއަށް ކުރަމުންއައި ދަތުރުތައް ފަށައިގެން ކުރިއަށްދާކަމަށެވެ. ނަމަވެސް ފްލައިޓްގެ އަދަދު ވަނީ މަދުކޮށްފަ އެވެ.
ކުރިން ހަފްތާއަކު 2 ދަތުރު މޯލްޑިވިއަނުން ބަންގްލަދޭޝަށް ކުރަމުންދިޔަނަމަވެސް މިހާރު ކުރަނީ ހަފްތާއަކު އެންމެ ދަތުރެއްކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.