ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ބަނަގްލަދޭޝްގެ ލޭބަރުން ގެންނަން ހުއްދަދޭނީ މައްސަލަ އެއްކޮށް ހައްލުވީމަ: އިހުސާން
ބަންގްލަދޭޝްގެ ލޭބަރުން ގެންނަން، ދެން ހުއްދަދީ އާންމުކޮށް ހުޅުވާލާނީ މިހާރު ކުރިމަތިވެފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްފައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

އިހުސާން މިހެން ވިދާޅުވީ މިއަދު އިސްކަންދަރު ކޮށީގައި ބިދޭސީން ރާއްޖެ ގެންނަ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އިހުސާން ވިދާޅުވީ ބިދޭސީން ގަވައިދަށް ފެއްތުމަށް މަގު ހޯދި އެކަންކަން ރަނގަޅަށް ހިނގައިގަތީމާ ބިދޭސީން ގެންނަން ބޯޑަރުތައް ހުޅުވާލެވިގެންދާނެކަމަށެވެ. އިހުސާން އިތުރަށް ވިދާޅުވީ ބިދޭސީއަކު ރާއްޖެއަށް މަސައްކަތް ކުރަން ގެނެސް އެ ފަރާތުން އެ ބިދޭސީމިހާއަށް ގާނޫނުގައިވާ ގޮތުގެ މަތިން ދައްކަން ޖެހޭ ފައިސާ ނުދައްކާފި ހާލަތެއްގައި އެބިދޭސީ މީހާ ވެގެން ދާނީ ގަވައިދާ ހިލާފަށް އުޅޭ މީހަކަށް ކަަމަށެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ގިނަކަމަށް މިނިސްޓަރު ކަންބޮޑުވުމާއެކު ވިދާޅުވި އެވެ.

ބިދޭސީންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ހޯމް މިނިސްޓްރީން އާންމުކޮށްފައިވާއިރު އެކުންފުނތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައުލަތަށް ދައްކާފައިވަނީ އެންމެ 15 ކުންފުންޏަކުން ކަމަށް އިހުސާން ވިދާޅުވި އެވެ. އަދިވެސް ވަރަށް ބޮޑު މިންވަރަކަށް ފައިސާ ނުދައްކާ ކުންފުނިތައް ހުރިކަން އިހުސާން ފާހަގަކުރެއްވި އެވެ. 

ބިދޭސީންގެ ފީތައް ނުދައްކައިގެން ހޯމް މިނިސްޓަރީން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏެއްގެ ނަން އޮތެވެ.

ރާއްޖޭގައި މިވަގުތު 90،624 ބިދޭސީ ރައްޔިތުން ތިބިކަމަށް އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް އިން ދައްކާއިރުގައި 139،000 ބިދޭސީންނަަށް  އެކްޓިވް ވޯކްޕާމިޓު ދޫކޮށްފައިވާކަން އެކްސްޕެކްޓް ސިސްޓަމުން ފާހަގަވެފައިވާކަަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ގަވައިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ޕޯޓަލް އިމިގްރޭޝަނުން ވަނީ ތައާރަފުކޮށްފަ އެވެ މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް އިހުސާން ވިދާޅުވެފައިވާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް