ads
ބުޅާމަހުން ކާތަކެތި ހެދި މީހާ ސިފަ ބަދަލުކުރަން ގޮސް ސެލޫންގައި
މިމީހާ ހައްޔަރުކުރީ ސިފަ ބަދަލުކުރަން ބޯބާލަން ގޮސް ހުއްޓާ
ބުޅާ ހިފާ އެތަކަތި މަރާ އޭގެ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް ވިއްކާތޯ ހޯދަމުންދިޔަ މީހާ އަތުލައިގަތީ ސިފަ ބަދަލުކުރަން ބޯބަލަން ގޮސް ހުއްޓާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
Advertisement

މާލޭ މަގުތަކުގައި އުޅޭ ބުޅާތައް ހިފައިގެން އޭގެ މަހުން ކާތަކެތި ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އަރަފާތު ހޮސައިން ކިޔާ މީހެކެވެ. މީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އުމުރަކީ 32 އަހަރެވެ.

އިމިގްރޭޝަނުން ބުނީ މި މީހާ އަތުލައިގަތީ އެ އިދާރާގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކުކަމަށެވެ.

ފުލުހުން ބުނީ މިމިހާ އަތުލައިގަތީ ދިލްބަހާރު މަގުގައި ހުންނަ "އަހާނާ ހެއާ ސްޓައިލް" ކިޔާ ބޯކޮށާ ތަނެއްގައި ތަނެއްގައި ހުއްޓާކަމަށެވެ.

އޭނާ އެތަނަށް ގޮސް އެދިފައިވަނީ އޭނާގެ ސިފަ ބަދަލުކުރުމަށް ބޯ ބާލާ ދިނުމަށެވެ. އަދި އެތަނަށް އޭނާ ގޮސްވެސް ހުރީ ކާކުކަން އޮޅުވާލުމަށް ބޮލުގައި ތޮއްޕެއްވެސް އަޅައިގެންނެވެ. 

މާލޭގައި އެންމެ ގިނަ އަދަދަކަށް ބުޅާ އުޅޭ މޭރީ ބްރައުން ކުރިމަތިން އޮންނަ ސަރަހައްދުގައި މި މީހާ ކޮތަޅެއް ހިފައިގެން އުޅޭތަން ފެންނަ މަންޒަރު ވަނީ އާއްމުވެފައެވެ. އަދި މީނާ ބުޅާ ކަންކަން ުއޅޭ ބަދިގޭގެ ބައެއް މަންޒަރުތައްވެސް ވަނީ އާއްމުވެފައެވެ. އެތަނުގެ މުޑުދާރުކަމާއި އެތަނުގައި ހުރި އެއްޗެތީގެ ނުސާފުތާހިރުކަން މި ފޮޓޯތަކުން އެނގެެެވެ.

ބުޅާ މަހުން އެއްޗެހި ހަދާ ވިއްކާ މީހާގެ ވާހަކަތައް އައިއިރު އިއްޔެ ވަނީ ދިވެހިންނަށް ކޮށި ފޯއް ވިއްކަމުންދިޔަ ބަޔަކު އެ މަސައްކަތް ކުރާތަން އިމްގްރޭޝަނުން ދައްކާލާފައެވެ. އެމީހުން ފޯކޮށަމުން އައި ކުޑަކުޑަ ކޮޓަރިގަދެއްގެ ތެރޭގައެވެ. އަދި އެކަން ކުރަނީ އެމީހުން ބޭނުންކުރަމުން އަންނަ ފާހަނާ ދޮރުމަތީގައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް