ads
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނަގުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުއިއްޒު: ފައިލް ފޮޓޯ ރައީސް އޮފީސް
ރައީސް މުއިއްޒު އދ. ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަންނަވާ ދަތުރުފުޅުގައި، އދ. ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
Advertisement

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ތާރީހުގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 

މީގެ އިތުރުން، ރައީސް މުޢިއްޒު އދ. އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާނެ ކަމަށާއި، އާންމު މަޖިލީހުގެ ހަވާސާގައި ހިނގާ "ސަމިޓް އޮފް ދަ ފިއުޗާ" ގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބުކުރައްވައި ރައީސް ތަގުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މިއީ ރައީސް މުއިއްޒު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ މަސްލަހަތުތަކަށް ވަކާލާތުކުރެއްވުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހާޒިރީ ފާހަގަކުރެއްވުމަށް މުހިންމު ފުރުސަތުތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް