ads
ފޮޓޯ: ހޯމް މިނިސްޓްރީ
ކުއްލި ހާލަތްތަކަށް ހާއްސަކޮށް ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރަނީ
ކުއްލި ހާލަތްތަކަށް ހާއްސަ ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރަން މަޝްވަރާކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމްކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންނަށް ދިމާވާ އިމާޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންންކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހޯމް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ސިފައިންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް