ކުރިން އާސެނަލާއި ބާސެލޯނާ އަދި ޔުވެންޓަސް އަށް ކުޅުނު ފްރާންސްގެ ލެޖެންޑް އޮންރީ، 47، މިދިޔަ އަހަރު ފްރާންސްގެ ޔޫތު ޓީމާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއް އަހަރު ކޮންޓްރެކްޓްގައި ބާކީ އޮއްވާ، އޮންރީ އިސްތިއުފާ ދިނީ، އަމިއްލަ ގައުމުގައި ކުޅުނު އޮލިމްޕިކްސްގެ ފައިނަލުން ސްޕެއިން އަތުން ބަލިވެފައިވަނިކޮށެވެ.
އޮންރީ ފްރާންސް ޔޫތު ޓީމާ ހަވާލުވީ، އަންނަ އަހަރު ސްލޮވާކިއާގައި ބާއްވާ 21 އަހަރުން ދަށުގެ ޔޫރޯގެ ނިޔަލަށެވެ.
ފްރާންސް ގައުމީ ޓީމަށް އޮންރީ 126 މެޗު ކުޅެ 50 އަށްވުރެ ގިނަ ލަނޑު ޖެހިއެވެ.