ސައިކަލެއްގައި ދިޔަ ބަޔަކު ޕީޖީ ޝަމީމަށް ހަލަމާދިނީ މިދިޔަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ ހެނދުނުއެވެ. މަރުތޭލަކުން ދިން ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ.
ފުލުހުން ބުނީ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހުން ހައްޔަރުކުރިކަމަށާއި އެ އެންމެންގެ ތަހުގީގު ނިންމާ ދައުވާކުރުމަށް އެދި މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.