ads
ވަގުތީ ގޮތުން ވެހިކަލްތައް ޕާކުކުރަން ހުޅުމާލެ އިން ޓްރާންސްޕޯޓަށް ދިން ބިން
ނުގަވައިދުން ހުންނަ ވެހިކަލްތައް ޕާކުކުރަން ހުޅުމާލެއިން ވަގުތީ ބިމެއް
މާލޭ ސަރަހައްދުގައި ނުގަވައިދުން ހުންނަ ވެހިކަލްތައް ގަވައިދަށް ފެއްތެން ދެން ވަގުތީ ގޮތުން ޕާކުކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސާ އެ ބިން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
Advertisement

ހުޅުމާލޭ ދެވެނަ ފިޔަވަހިން ހަމަޖެއްސި ބިމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ހަވާލެވެޑައިގަތީ މިނިސްޓަރު މުހައްމަދު އަމީންއެވެ. އެޗްޑީސީގެ ފަރާތުން ބިން ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުއެވެ. 

ބިމާއި ހަވާލުވެޑައިގަތުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލޭގައި ރަޖިސްޓްރީ ނުކޮށް މަގުމަތީ ހުންނަ ވަހިކަލްތަކާއި ޒޯން އަޅުވާލައިގެން ހުންނަ ވެހިކަލްތަކާއި ނަމްބަރު ޕްލޭޓް ނުބައިކޮށް ހުރި ވެހިކަލްތައް އެ ސަރަހައްދަށް އަމިއްލައަށް ގެންނަ މިނިސްޓްރީން އާއްމުކޮށް މިއަދު އިއުލާންކުރާނެކަމަށެވެ. އަދި މިތަނަކީ ދާއިމަށް ދެވޭ ޖާގައެއް ނޫންކަންވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

" އެގޮތަށް ބެހެއްޓީމާ ވާނެ ގޮތަކީ އޭރުން ޓޯކުރުމުގައި ލިބޭ ގެއްލުމެއްވެސް ނުލިބޭނެ އަދި އަދި ޓޯކޮށްގެން ދައްކަންޖެހޭ ޖޫރިމަނާއެއްވެސް ދައްކަން ނުޖެހޭނެ. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ މީ އަބަދަކަށް މި 40 ދުވަހުގެ ތެރޭގައި މި ގެންނަވަންވީ މީ ހަމަދުވަހަށް ބަހައްޓާލަންދޭވޭ ޖާގައެއް." މިނިސްޓަރުން އަމީން ވިދާޅުވިއެވެ.

your imageވަގުތީ ގޮތުން ވެހިކަލްތައް ޕާކުކުރަން ހުޅުމާލެ އިން ޓްރާންސްޕޯޓަށް ދިން ބިމުގެ އެއްބަސްވުން ބަދަލުކުރަނީ 

މިނިސްޓަރު އަމީން ވިދާޅުވީ މި ބިމަކީ 40،000 އަކަފުޓޫގެ ބިމެއްކަމަށެވެ. އަދި މި ތަނުގައި 200 ވަރަކަށް ވެހިކަލް އެއް ފަހަރާ ޕާކުކުރެވޭނެކަށެވެ. އަދި މިތަނުގައި ވެހިކަލް ޕާކުކުރަން މިއަދު ހުޅުވާލާނެކަމަށާއި އެ ސަރަހައްދު ފުލުހުން ބަލަހައްޓަމުން ގެންދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް