ads
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު
ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތައް އަޅަން އަންނަމަހު ހުޅުވާލާނަން :ފަޒުލް
ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތައް އަޅަން އެންމެ ލަސްވެގެން އަންނަމަހު ހުޅުވާލާނެކަމަށް ހައުސިން ޑިވޮލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ފަޒުލް މިހެން ވިދާޅުވީ ނުގަވައިދުން ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ވަގުތީ ގޮތުން ޕާކުކުރަން ހުޅުމާލެ ފޭސް ދޭކުން ކަނޑައެޅި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޕާކިން މައްސަލަތައް ހައްލުކުރުމަށް ހުޅުމާލޭގައި 15 ޕާކިން އިމާރާތު އެޅުމަށް ވަނީ ނިންމާފައެވެ. މި އިމާރާތްތަކުން 4000 ޕާކިން ޖާގަ އުފެދޭނެކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ. 

ނޫސްވެރިންނާއި މިއަދު ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތަކުގެ މަސައްކަތް ފެށުމަށް އެ ކޯޕަރޭޝަނުން ކުރަންޖެހޭ އެންމެ ފަހުގެ ކަންކަން މިހާރުކުރަމުން އަންނަކަމަށެެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހު އެކަން ކުރަން ހުޅުވާލާނެކަމަށް ފަޒުލް ވިދާޅުވިއެވެ. 

ފަޒުލް ވިދާޅުވީ އުއްމީދަކީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކޮށްދެއްވުންކަމަށެވެ. 

" އަޅުގަނޑުމެންގެ އުއްމީދަކަށް ވާނީ ކުރިއަށް އޮތް ގާތްގަނޑަކަށް ދެ އަހަރެއްގެ ތެރޭގައި މިއަށް ދާއިމީ ހައްލެއް އައުން. އެހެންވީމާ އެ އަމާޒުގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި ޕާކިން ޕްރީ ސޭލް އެކްޓިވިޓީސްތައް އެޗްޑީސީގެ ބެލުމުގެ ދަށުން އަޅުގަނޑުމެން ގެންގޮސްދޭނަން." ފަޒުލް ވިދާޅުވިއެވެ.

މި އިމާރާތްތަކުގައި ޕާކުކުރަން ހުޅުމާލޭގެ އިމާރާތްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް ވަކި އަދަދުތަކެއް ކަނޑައަޅާނެކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ކޮމާޝަލް ޔުނިޓްތައް ހަދާ ޕާކިން ސްލޮޓްތަކަށް ފީއެއް ނެގުމަށް ވިސްނުން ގެންގުޅުވާކަންވެސް ފަޒުލް ހާމަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް