ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
އަމާޒަކީ ދެ އަހަރުދުވަސް ތެރޭ ސަރުކާރުގެ މަސްފެކްޓްރީތަކުގެ މަސައްކަތް ނިންމުން: ޝިޔާމް
އަމާޒަކީ ސަރުކާރުން ގދ، ފިޔޮރީ، ނިލަންދޫ އަދި ނައިފަރުގައި އަޅާ މަސްފެކްޓަރީތަކުގެ މަސައްކަތް ދެ އަހަރު ދުވަސް ތެރޭ ނިންމުންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރި ސުވާލަށްކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގެ ޕްރޮސެސިން ކެޕޭސިޓީ މިހާރު ހުރީ ދުވާލެއްގެ މައްޗަށް 110 މެޓްރިކް ޓަނު ކަމަށްވާއިރު އެ 3 ރަށުގެ ފެކްޓަރީތައް ނިމުމުން އިތުރު 300 މެޓްރިކްޓަނުގެ މަސް ޕްރޮސެސިން ކުރެވޭނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ. އެކަން ހާސިލް ކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ރާއްޖެއަށް ބޭރުކުރާ މަހުގެ 90 އިންސައްތަ އޭރުން ދަޅުގައި ނޫނިއްޔާ އެ ވެލިއުޑްކޮށްގެން އެކްސްޕޯޓް ކުރެވިގެންދާނެކަމަށެވެ.

މިނިސްޓްރީގެ އަމާޒަކީ އެމަސައްކަތް ބާރު ދުވެލީގައި ގެންދިއުމަށްކަމަށްކަމަަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތުގައި މިނިސްޓްރީއާއެކު ޗައިނާގެ ޑޮންގްފަންގް ކުންފުނި މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު ވާނީ ގާތްގަނޑަކަށް ކޮންސެޕްޓް ޑިސައިްނތަކާ އެއްޗެހި، އަދި 3 ޕްރޮޖެކްޓްގެ ސްކޯޕިން ހުރިހާ މަސައްކަތްތަކެއް ނިމި، ގާތްގަނޑަކަށް ފައިނަލް އެގްރީމަންޓްއަކަށް ދެވޭ ހިސާބުގައި ކަމަށެވެ.

އަމާޒަކީ 2 އަހަރު ދުވަހު ތެރޭ ފެކްޓަރީތަކުގެ މަސައްކަތް ނިންމުން ކަމުގައި ވީނަަމަވެސް 2025 ގެ ފަހުކޮޅަށް ނުވަތަ 2026 ގެ ކުރީކޮޅު 3 މަސް ފެސިލިޓިއެއްގެ ތެރެއިން 1 ފެސިލިޓީއެއް ވުޖޫދުކުރެވޭނެ ގޮތަށް މިހާރު  މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސް ފެކްޓޮރީތަަކަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަަމަށާއި ރާއްޖޭގައި ބާަނާ މަހުގެ ގާތްގަނޑަކަށް 128،000 މެޓްރިކް ތަނުގެ މަހުގެ ތެރެއިން މިފްކޯއިން ގާތްގަނޑަކަށް 72،000 ވަރަށް މެތްރިކް ތަނު މަސް ކަލެކްޓް ކުރާ ކަމަށެވެ.އަދި އޭގެ ބޮޑުބައެއް ރޯމަހުގެ ގޮތުގައި ދާއިރު ރާއްޖެއަށް ބާނަ ކަޅުބިލަމަސް ދަޅަށް އަޅައިގެން ނުވަތަ ޕައުޗުގައި ބޭރު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާލުވި އެވެ.

"އޭރުން ދިވެހިނަށް ރަނގަކު އަގެއް ލިބޭނީ، އަދި މަސްވެރިންނަށް އެކަމުގަިއ ރަނގަޅު ނަފާއެއް ލިބޭނީ، މިހާރު މަސްވެރިނަނަށް އާމްދަނީއެއް ގޮތުގައި ލިބޭއެއްޗެއްވެސް ލިބޭނީ، އޭރޫން ދިވެހި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުން ބާނާ މަހުގެ އެޑްވާންޓޭޖް އެހެން މަސްބަންދުކުރާ ބޭރުގެ ފެކްޓަރީތަކަށް ނުލިބޭނެ ގޮތަކަށްވެސް ހެދޭނީ" ޝިއާމް ވިދާޅުވި އެވެ.

މީގެ ކުރިން ޝިޔާމް ވަނީ ގާތްގަނޑަކަށް 65 އިންސައްތަ މަސް ބޭރުކުރެވެނީ ރޯމަހުގެ ގޮތުގައިކަަމށް ފާހަގަކޮށް ރޯމަހުގެ ގޮތުގައި ބޭރުކުރާތީ މަހަށް މި ލިބެންޖެހޭ އަގު ބާޒާރުގައި ނުލިބޭކަމަށް ވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ ބޭރުގެ ބާޒާރުގައި މަސް ވިއްކުމަށް ވަރަށް ގިނަ ރޭވުންތަކެއް ރާވައިފައި އެބަހުރި ކަމަށާއި އެ ރޭވުންތައް ފުރިހަމަވާނީ މިފްކޯގެ ހިންގުންވެސް ހަރުދަނާވެގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް