ads
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ލޭނު މަސްވެރިކަމުން އިންތިހާއަށް ފައިދާވާނެ، ނުކުރަންވީ ސަބަބެއް ނެތް: ޝިޔާމް
ލޭނު މަސްވެރިކަމުން އިންތިހާއަށް ފައިދާވާނެ ކަމަށާއި އެބާވަތުގެ މަސްވެރިކަން ނުކުރަންވީ ސަބަބެއް ނެތްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިއާމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމްވަނީ ރާއްޖެއަކީ ސަސްޓެއިނަބަލް ފިޝަރީޒް ގެ ޗެމްޕިއަނުންކަމަށްވީނަަމަވެސް ދެމެހެއްޓެނިވި މަސްވެރިކަން ނުވަތަ ސަސްޓެއިނަބަލް ފިޝިން ހަރުދަނާކުރުމަށް  ފާއިތުވި 12 އަހަރުދުވަސް ތެރޭ މަސައްކަތް ނުކުރެވިފައިވާކަމަށެވެ.

ޝިޔާމް ވަނީ 12 އަހަރު ދުވަސްވަންދެން ދެމެހެއްޓެނިވި މަސައްކަތް، ވަކިން ހާއްސަކޮށް މަސްވެރިކަން ކުރާ ބަޔަކަށް އެހެން ބަޔެއް ދާ އަޅާ ގައުމުތަކާ އަދި ލޭނު މަސްވެރިކަން ކުރާ ފަރާތްތަކަަށް ދޭ ލުއިތައް ރާއްޖެއަށް ނުލިބެންވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ފިޝަރީޒް ތެރެއަށް އެހާ ވަރުގަދައަށް ތިބެ އަޅުގަނޑުމެންނަށް ކިއްވެގެންތޯ އޭ މިވަރުގެ ބޮޑު ޑިއުޓީއެއް އަޅުގަނޑުމެން އެޕްލައި ކުރަންވީ ފުރަތަމަ ކަމަކަށް، ސަސްޓެއިނަބަލް ފިޝަރީޒްގެ ވާހަކަ ދައްކާ ކަަމަށްވަންނާ" ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓްރީން މަސައްކަތް ކުރަން ބޭނުންވަނީ މަސްވެރިކަން ޑައިވާސިފައި ނުވަތަ ސިންދިފާތު ކުރަން ކަމަށް ފާހަަގަކޯށް ޝިޔާމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ މަސްވެރިމައް،،ކަޅު ބިލަ މަހުގެ ކޮމްޕެޓިޓަރުން ލޭނު މަސްވެރިކަމުގައި އުޅޭކަމަށެވެ. ރާއްޖޭގައި ލޭނު މަސްވެރިކަމަށް އަނެއްކާވެސް ހުޅުވާލާއިރު ކުރީގައި ލޭނު މަސްވެރިކަން ކުރިއިރު އުނދަގޫތަކެއް ހުރިކަަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ.

ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމުގައި ރަނގަޅު ކުރަން ޖެހޭ ހުރިކަން ގަބޫލުފުޅުކުރައްވާކަމަށާއި ދވެހިންނަށް އިތުރު ފުރުސަތުތަކެއް އެ މަސްވެރިމަކުގެ ބާވަތުގައި ލިބެން ޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގައި ވަކިްނ ހާއްސަކޮށް ކަންނެލި މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކުގެ ތެރެއިްނވެސް ވަރަށް ގިނަ ބޭފުޅުން ލޭނު މަސްވެރިކަމަށް ދިޔުމުގެ ހިޔާލު ގެންގުޅުއްވާކަމަށް މިނިސްތަރު ވިދާޅުވި އެވެ.

"ލޭނު މަސްވެރިކަަމަކީވެސް މަސްވެރިކަމުގެ ބާވަތެއް އަދި އިންތިހާއަށް ދިވެހި ރާއްޖެއަށް އެ ބާވަތަކުން އާމްދަނީ އިންތިހާއަށް އިތުރުކުރެވެން އޮތްކަމެއް ކީއްވެގެންތޯ އަޅުގަނޑުމެން ނުކުރަންވީ، އެ މަސްވެރިކަންވެސް އަޅުގަނޑުމެން މި މިސައްކަތް ކުރަނީ ކަޅުބިލަމަސްވެރިކަން ކުރާގޮތަށް އޭގައި އޮތް އެންމެ ސަސްޓެނަބަލް ނޫނީ އޭގައި އޮތް އެންމެ ރަނގަޅު މެނޭޖްމަންޓްއަށް އެޕްލައި ކުރެވޭތޯ މިބަލަނީ، ސިންދަފާތަކުން އަޅުގަނޑުމެން އެކަން ނުކޮށް ތިބުންތޯ ވަކިން ހާއްސަކޮށް އާމްދަނީ އިތުރުކޮށްގެން ނޫނީ ރައްޔިތުންގެ ތަރައްގީއަށް ކުރަން ހުރި ކަނަތައްތަކެއް އަޅުގަނޑުމެންނަށް ނުކުރެވޭ" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖެއަކީ 99 އިންސައްތަ ކަނޑު ވެއްޖެކަމުގައި ވާނަަމަ ކަނޑުގެ ރޯދިން އިތުރުކުރަން ޖެހޭ ކަންތައްތައް، ކުރަންޖެހޭކަން ހުންނާނެކަން ދިވެހި ރައްޔިތުންވެސް ދެކޭނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގައި ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުން މުރާޖާކޮށް އެކަން ނުކުރުމަށް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އެ ޖަމްއިއްޔާތަކުން ބުނީ ލޭނު މަސްވެރިކަން ކުރަން ހުއްދަދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެން ދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް