މިހާދު އެމަގާމުން ވަކިކުރީ މިއަދުކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ) އިން ބުނެއެވެ. އެހެންނަމަވެސް ސަބަބެއް ހާމައެއް ނުކުރެއެވެ.
އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މިހާދު އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީގެ މަހުގެ ތެރޭގައެވެ. އޭގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއި ހަމައަށް މިހާދު ހުންނެވީ އައިލެންޑް އޭވިއޭޝަން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
މިހާދު ވަނީ މީގެ ކުރިން އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ މިހާދު ވަނީ ފިނޭންސްގައި 15 އަހަރު ހިދުމަތް ކުރައްވާފައެވެ.