ގައްދޫ ކައުންސިލުން އާއްމުކޮށް ކުރި އިއުލާނެއްގައި ބުނީ އެރަށުގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރަމުންގެންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ރަށުގެ ބޭރު މަގުންނާއި އެކިއެކި ދިމަދިމާލުން މަރުވެފައިވާ ބުޅާ، އަދި ކާޅުތައް ފެނިފައިވާކަމަށް ކައުންސިލްގެ އިއުލާންގައިވެއެވެ.
ބުޅާ އެކިތަންތަނުގައި މަރުވެފައި ތިބުމުގެ ސަބަބުން ޢާންމުންނަށް އޭގެ އުދަނގޫތަށްވެ މިކަމުގެ ޝަކުވާތައް ލިބެމުންދާކަމަށްވެސް ގައްދޫ ކައުންސިލުން ބުނެ އެވެ.
ބުޅާ މެރުމުގެ ވާހަކަތަކެއް މި ފެންމަތިވީ މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން އެތަކެތީގެ މަހުން ކާތަކެތި ހަދާ ވިއްކި ބިދޭސީއެއް އަތުލައިގެންފައިވަނިކޮށެވެ. މި މީހާ އަތުލައިގެންފައިވަނީ ފިލައިގެން ގޮސް ސިފަ ބަދަލުކުރަން މަސައްކަތް ކުރަމުންދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.