ads
ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - ފޮޓޯ: މަޖިލިސް
ހެލްތު ކެއާ ހަގީގަތުގައި ދިވެހި ރައްޔިތުންނަކަށް ނުލިބޭ: ސިޔާމް
ރާއްޖޭގެ ހެލްތް ސެކްޓާ ނުވަތަ ސިއްހީ ދާއިރާ އޮތީ ފެއިލްވެފައި ކަމަށާއި "ހެލްތު ކެއާއޭ ކިއާ އެތި ހަގީގަތުގައި ދިވެހި ރައްޔިތުންނަކަށް ނުލިބޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ މިދިޔަ 30 އަކަށް އަހަރުތެރޭ ސިއްހީ ދާއިރާ އެއްކޮށް ފެއިލްވެފައިވާ ކަމަށާއި މިހާރު ވެސް އޮތީ އެ ހާލަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބޮޑެތި ހޮސްޕިޓަލް ހުއްޓަސް އެ ތަންތަނުގެ އެކަށީގެންވާ ރަނގަޅު ބޭހެއް ނުހުންނަ ކަމަށެވެ. ސިޔާމް ވިދާޅުވި ގޮތުގައި އެންމެ އެކަށީގެންވާ ވަސީލަތްތަކެއްވެސް ހޮސްޕިޓަލުތަކުގައި ނުހުރެ އެވެ.

ސިޔާމް އެހެން ވިދާޅުވިއިރު، އޭނާގެ އެހީގައި ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް މިފަހުން ވަނީ ހަމަޖައްސައިދެއްވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އާސަންދަ ދެނީ ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް އެ ހިދުމަތުން ފައިދާއެއް ނުލިބޭ ކަމަށެވެ. އެހެންވެ، މި ދާއިރާ ބިންގަލުން ފަށައިގެން ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

"އާސަންދަ މިދެނީ ހެލްތު ސެކްޓަރު ރަނގަޅު ކުރުމަށް ޓަކައި. އެކަމަކު އާސަންދަ ދިނުމަކުން ވެސް އަޅުގަނޑުމެންނަކަށް އެއްވެސް ފައިދާއެއް ނުކުރި. އޭގެ ސަބަބުން އަޅުގަނޑުމެންގެ މާލިއްޔަތުން އެތައް ބަޔަކު ވައްކަން ކުރަމުންދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދަ ސްކީމަށް މި އަހަރަށް ބަޖެޓުކުރި 1.9 ބިލިއަން ރުފިޔާގެ ބޮޑުބައި ވަނީ ހުސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް