ads
އެކޮމަޑޭޝަން ބްލޮކް ހަދާ ކުއްޔަދީ ވިޔަފާރިކުރަނިކޮށް އަތުލައިގެން ބިދޭސީން
ވިއްކަން ކާއެއްޗެހި ހަދަނީ އެތާ، ނިދަން ކުއްޔަށްވެސް ދެނީ
އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދީ ވިޔަފާރީކުރަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަތީ އެ އިދާރާގެ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. 

މިދިޔަ ހޯމަދުވަހު ހިންގި އޮޕަރޭޝަންގައި ބީދޭސީންތަކެއް އަތުލައިގަތީ ގ. މޫން ލައިޓް ކިޔާ ގެއަކުންނެވެ. އިމިގްރޭޝަނުން ބުނީ އެ ގޭގެ 1 ވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް ހަދަމުންދިޔަކަމަށެވެ. އެތަނުގައި ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ޚިދުމަތްވެސް ދެމުން ގެންގޮސްފައިވާކަމަށެވެ. 

އެގޭގެ ދެވަނަ ބުރީގައި ބިދޭސީންނަށް ކުއްޔަށް ދިނުމަށް އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.  އެ އިދާރާއިން ބުނީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ. 

your imageއެކޮމަޑޭޝަން ބްލޮކް ހަދާ ކުއްޔަދީ ވިޔަފާރިކުރަނިކޮށް އަތުލައިގެން ބިދޭސީން 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ދަނީ ހަޑިމުޑުދާރު ތަންތާގައި ކާއެއްޗެތި ހަދާ ދިވެހިންނަށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ބީދޭސީ އަތުލައިގަންނަމުންނެވެ. އަދި މާލޭޭގައި އުޅޭ ބުޅާ ހިފާ އޭގެ މަހުން ކާތަކެތި ހަދާ ވިއްކަމުންދިޔަ ކަމަށްް ތުހުމަތުކުރެވޭ ބިދޭސީއެއް ފިލައިގެން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަނުން ހިންގަމުން އަންނަ ރެއިޑްތަކުގައި މިހާތަނަށް އަތުލައިގެން ބިދޭސީންގެ އަދަދު މިހާރު 300 ގާތްކުރާނެއެވެ. އަދި މި ސަރުކާރު ފެށުނު ފަހުން 2000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް