ޕީޖީ ޝަމީމް މަގާމުން ވަކިކުރަން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ޝާހިދު ހުށަހެޅުއްވި ސިޓީގައި ވަނީ ޕީޖީކަމުން ޝަމީމް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، މައިގަނޑު އަށް ކަމެއް ފާހަގަކުރައްވައިފަ އެވެ. އެއީ:
ޖަވާބުދާރީވުމަށް މިއަދު ޖުޑީޝަރީ ކޮމެޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި އޭނާ މިއަދު ވަނީ ޖުމުލަކޮށް ޝާހިދު އަމާޒުކުރެއްވި ހުރިހާ ތުހުމަތުތަކެއް ވެސް ދޮގުކުރައްވައިފަ އެވެ.
މަގާމުން ވަކި ކުރަނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނުވަތަ ހަވާލުކުރި މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަނީ އޭނާ ލައްވައި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރުވޭނެތީކަން ޝަމީމު މިއަދު ފާހަގަކުރެއްވި އެވެ.
ޝަމީމް މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ހުށަހަޅާ މުޅި މަޖިލީހުގެ ވޯޓުން އެގޮތަށް ފާސްވުމުންނެވެ. ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާކުރާނެ ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ޑިސެމްބަރު 2019ގައި ޝަމީމް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ އެ މަގާމުގައި ޝަމީމުގެ ދައުރު ހަމަވާން ދެން ބާކީ އޮތީ ތިން މަހެއްހާ ދުވަހެވެ.