ads
އެމްއެފްޑީއޭ އަށް ފަސޭހައިން ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ - ފޮޓޯ: ހެލްތުމިނިސްޓްރީ
ކާބޯތަކެތީގެ މައްސަލަތައް ފަސޭހައިން ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ކާބޯތަކެތީގެ މައްސަލަތައް ފަސޭހައިން ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުސޫލުތައް ކަނޑައަޅައިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. މި ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަަރު ކުރުމުގެ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ފަސޭހައިން ރިޕޯޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ. 

"ފަސޭހައިން ރިޕޯޓްކުރެވޭނެ މެކޭނިޒަމްއެއް ގާއިމުކުރަން އެބަޖެހޭ. މިހާ ހިސާބަށް އައިއިރު ތަންކޮޅެއް އުނދަގޫ ޕްރޮސީޖާއެއް މި އޮންނަނީ. އެންވީމާ މިހާރުވެސް އަޅުގަނޑުމެން ވާނީ އެމްއެފްޑީގާ ނަންބަރެއް ގާއިމު ކުރެވިފަ." އެ ނަންބަރުގެ ޒަރިއްޔާއިން ވަޓްސްއެޕް ނުވަތަ ވައިބާ މެދުވެރިކޮށް އަޅުގަނޑުމެންނަށް އެތަންތަނުގެ ފޮޓޯ ލިބޭ ހިސާބުން ފިޔަވަޅުއެޅޭނެ ނިޒާމެއް ގާއިމުކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، މިކަމުގައި އާމުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، ފުރުދީ ލެވެލުގައި މިކަމުގެ އެހީތެރިކަން ލިބޭވަރަކަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ކަމަށެވެ. 

މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ފޮޓޮ އާއި ވީޑިއޯ އާންމު ކުރުމުގެ ކުރިން އެކަން އެމްއެފްޑީއޭއާ ހިއްސާ ކުރުމުން ފިޔަވަޅު އަޅަން ފަސޭހަ ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އެމްއެފްޑީއޭ އަށް މައްސަލަތައް ރިޕޯޓު ކުރުމަށް މިހާރު ބޭނުން ކުރަނީ 7200321 ނަންބަރެވެ. މި ނަންބަރަށް ގުޅައިގެންނާއި ވަޓްއަޕް އަދި ވައިބާ މެދުވެރިކޮށް ޝަކުވާ ހުށަހެޅެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް