ads
ބިދޭސީން ވިއްކަން ތައްޔާރުކުރި ތަކެތީގެ ލޭބަލްތައް
އަނެއްކާވެސް އެހާ މުޑުދާރު ތަނެއް، ލޭބަތައް މިހިރީ
ދިވެހިންނަށް ވިއްކަން ތަކަތެި އުފައްދަމުން ދިޔަ ބިދޭސީންތަކެއް އެމީހުން އެކަން ކުރަމުންދާ މުޑުދާރު ބަދިގެ ތެރެއިން އަތުލައިގެންފިއެވެ.
Advertisement

އިމިގްރޭޝަނުން މި ފަހަރުވެސް މީ މީހުން އަތުލައިގަތީ "އިމިގްރޭޝަން ވޮޗް" ލިބުނު މައުލޫމާތަކާއި ގުޅިގެންކަމަށެވެ. 

އިމިގްރޭޝަނުން ބުނީ  ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން  ބަލާ ފާސްކުރީމ. ތްރީ މޫންކަމަށެވެ. އަދި އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. 

your imageބިދޭސީން ހަދަމުންދިޔަ ފުއްގުޅަތައް ތައްޔާރުކޮށް މަތީގައި ފޮތި އަޅާ ފޮރުވާފައި 

ބިދޭސީން މިތަނުގައި ތައްޔާރުކުރަމުންދިއަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނެއެވެ. އިމްގްރޭޝަނުން ވަނީ އެތަކެތީގެ ލޭބަލްތައް އާއްމުކޮށްފައެވެ.  

އިމިގްރޭޝަނުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުން މި މީހުން މިތަކެތި ލޭބަލްކޮށް ވިއްކަމުން އަންނަނީ "މޯލްޑިވްސް ސުޕަ ކުއަލިޓީ"ގެ ނަމުގައެވެ. މިތަކެތި މި މީހުން ތައްޔާރުކުރަމުްނދިޔަ ބަދިގެއަށްް ބަލާއިރު އެތަން ފެންނަނީ ވަރަށް ސާފުތާހިރުކަން ކުޑަ ތަނެއްގެ ގޮތުގައެވެ. 

your image"މޯލްޑިވްސް ސުޕަ ކުއަލިޓީ"ގެ ނަމުގައި ކާތަކެތި އުފައްދަމުންދިޔަ ބަދިގެ

ތެއްލަން ތައްޔާރުކޮށްފައި ހުރި ގުޅަތައް މަތީ އަޅާފައި އޮތީ މުންޑުގަޑެކެވެ. އަދި މަސް ހިއްކަން ސަތަރިއަކަށް އަޅާ އަވީލާފައި ހުރީ ފުރާޅުމަތީގައެވެ. 

your image"މޯލްޑިވްސް ސުޕަ ކުއަލިޓީ"ގެ ނަމުގައި ބިދޭސީން އުފައްދާ ހިކި މަސް ތައްޔާރުކުރަން އަވީލާފައި 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ދަނީ ހަޑިމުޑުދާރު ތަންތާގައި ކާއެއްޗެތި ހަދާ ދިވެހިންނަށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ބީދޭސީ އަތުލައިގަންނަމުންނެވެ. އަދި މާލޭޭގައި އުޅޭ ބުޅާ ހިފާ އޭގެ މަހުން ކާތަކެތި ހަދާ ވިއްކަމުންދިޔަ ކަމަށްް ތުހުމަތުކުރެވޭ ބިދޭސީއެއް ފިލައިގެން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަނުން ހިންގަމުން އަންނަ ރެއިޑްތަކުގައި މިހާތަނަށް އަތުލައިގެން ބިދޭސީންގެ އަދަދު މިހާރު 300 ގާތްކުރާނެއެވެ. އަދި މި ސަރުކާރު ފެށުނު ފަހުން 2000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް