ads
ބަންޑާރަ ނާއިބު އަދި ރައީސް
ބާ ކައުންސިލްގައި އޭޖީ ނުހިމެނޭގޮތަށް ގާނޫނު ބަދަލުކޮށްފި
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ކޮށްފި އެވެ.
Advertisement

ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިއަދުއެވެ. އެ ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ ކޮމިޓީ މަރުހަލާ ނިންމީ އިއްޔެއެވެ. 

އަދި މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅައި ރިޕޯޓް ފާސްކުރީ އެވެ.

މި ބިލު ހުށަހެޅި މަގްސަދަކީ އެ ކައުންސިލަކީ ގާނޫނީ ވަކީލުންގެ ފަރާތުން އެ މީހުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލަކަށް ހެދުމަށެވެ. ބަންޑާރަ ނައިބު އެ ކައުންސިލްގައި ނުހިމެނޭ ގޮތަށް ހެދީ އެއީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކައުސިލަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ މި ބިލު މަޖިލީހުން ފާސްކުރުމުން ރައީސް ތަސްދީގު ކުރައްވާ ދުވަހުން ފެށިގެންނެވެ.

ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ. ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ބަންޑާރަ ނައިބު އުނިކޮށް ހަތް މެންބަރުން އިންތިހާބު ކުރާ ގޮތަށެވެ.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ދިޔަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް