ޖަރުމަނާއެކު ވޯލްޑް ކަޕް، 2014 ވަނަ އަހަރު ކާމިޔާބު ކުރި އުމުރުން 38 އަހަރުގެ ނޯޔާ ޖަރުމަނު ގައުމީ ޓީމަށް ކުޅެދިން ފަހު މެޗަކީ، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗެވެ. ނޯޔާގެ ކާމިޔާބު ކެރިއަރުގައި އޭނާވަނީ ޖަރުމަނު ޓީމަށް، 124 މެޗު ކުޅެފައެވެ.
ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ނޯޔާ ފޯކަސް ކުރާނީ ކްލަބް ކެރިއަރު ކުރިއަށްގެންދިއުމަށެވެ. ޝާލްކާގެ ކުރީގެ ކީޕަރު ނޯޔާ މި ވަގުތު ބަޔާންގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުރިން ފެށިގެން މި އަހަރާ ހަމައަށް ނޯޔާއަކީ ޖަރުމަނުގެ ކެޕްޓަންވެސް މެއެވެ.