މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ހެލްތް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިންނެވެ.
ހަލީލް ވިދާޅުވީ ކާމޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މީގެ ދަށުން އެމްއެފްޑީއަަށް ވަރަށް ގިނަ ބާރުތަކެއް ލިބިގެން ދާކަަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެތި ފާސްކުރުމުގެ ގާނޫނާއި ތަނަތަން ބަންދުކުރުމުގެ ގާނޫނު ލިބިގެން ދާނެކަމަށް ހަލީލު ވިދާޅުވި އެވެ.
މިހާރު އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައި އޮތީ ކަންމަތީ ފިހާރާގައި ހުންނަ ތަކެތީ ޓްރެކް ކުރެވޭނެ އެއްވެސް ކަހަލަ ގޮތެެއް ނެތް ކަަމަށާއި ޕެެކް ކޮށްފައި ހުންނައިރު އެއީ ކޮންތަނަކުން އަދި ކޮން ބަޔަކު އުފެއްދި އެއްޗެއް ކަމެވެސް އެއްޗެއް ނުހުންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.
އޭގެ އިތުރުން ތަކެތި އުފައްދާއިރު އެތަކެތިިި އުފައްދަނީ ކާބޯތަކެތި އުފައްދަން އެކަށީގެންވާ މާހައުލެއްގައިކަން ކަށަވަރުކުމަށްޓަކައި އިންސްޕެކްޓް ކުރުމަށްފަހު ހާއްސަ ލައިސެންސެއް ދޫކުރަން ވަނީ ކަނޑައަޅާފައި ކަަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ. މިހާރުވެސް ރަޖިސްޓކޮށްގެން ކުރެވޭ ވިޔަފާރީތަކަށް ލައިސެންސް ދޫކުރެ އެވެ.
މީގެ އިތުރުން ރިޕޯޓިން މެކޭނިޒަމް ފަސޭހަކުރުމަށްޓަކައި މިހާރު ވާނީ ނަންބަރުތަކެއް އެކުލަވާލާފައި ކަަމަށާއި އެނަނބަރުތަކުގެ ޒަރިއްޔާއިން މިހާރަށްވުރެ ފަސޭހައިން ރިޕޯޓްކުރެވޭނެ އެ އިންތިޒާމަތައް ހަަމޖެހިފައިވާނެކަަމަށް ހަލީލް ވިދާޅުވި އެވެ.
އެޖެންސީތަކުގެ ޕޯޓަލްތަކުގެ ތެރެއިންވެސް ރިޕޯޓްކުރެވޭނެ މެކޭނިޒަމްއެއް ގާއިމްކޮށް، ވެބްސައިޓުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ކުރަމުން ގެންދާކަމަށް މިނިސްތަރު ވިދާޅުވި އެވެ.