ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި ނޭޕާލް ސެމީއަށް ދިޔައިރު، ދެވަނަ ޓީމުގެ ގޮތުގައި ދިޔައީ ބަންގަލަދޭޝްއެވެ. މި ގްރޫޕުން ކެޓީ އަވައްޓެރި ލަންކާއެވެ. ލަންކާ އަތުން ދެ ޓީމުވެސް މޮޅުވެފައިވާއިރު، ނޭޕާލާ ބަންގްލަދޭޝް ބުރާސްފަތި ދުވަހު ކުޅުނު މެޗުން މޮޅުވީ ނޭޕާލްއެވެ.
އަނެއް ގްރޫޕުގައި ސެމީގެ ޖާގަތަށް އެނގޭނީ މިއަދުއެވެ. މިއަދު ރާއްޖޭން އިންޑިޔާއާ ދެކޮޅަށް ނުކުންނައިރު، މި މެޗުން މޮޅުވެގެން ނޫން ގޮތަކަށް ރާއްޖެއަކަށް ސެމީއަކަށް ނުދެވޭނެއެވެ. ރާއްޖެއަށް އިންޑިޔާ އަތުން މޮޅު ނުވެވިއްޖެ ނަމަ ސެމީއަށް ދާނީ އިންޑިޔާއާ ބޫޓާންއެވެ. ރާއްޖެވަނީ ބޫޓާން އަތުން ބަލިވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;