ads
މާޒިޔާގެ ކުރީގެ ކޯޗު ބައެއް ކުޅުންތެރިންނާއެކު
ފުޓްބޯޅައިގެ ހާލަތު ދަށަސް މާޒިޔާއިން ރަނގަޅަށް ތައްޔާރުވާނެ
ދިވެހި ފުޓްބޯޅައިގައި ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އޭއެފްސީ މުބާރާތަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެ، ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދަ އަޅައި މަސައްކަތްކުރާނެ ކަމަށް މާޒިޔާއިން ބުނެފިއެވެ.
Advertisement

މާޒިޔާއިން ތައްޔާރުވަމުން އަންނަނީ އޭއެފްސީ ޗެލެންޖް ލީގަށެވެ. އޭއެފްސީ ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. މާޒިޔާއަކީ މި އަހަރު އޭޝިއާގެ ކްލަބު މުބާރާތެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހަމައެކަނި ކްލަބެވެ.

މާޒިޔާއިން ބުނީ ދިވެހި ފުޓްބޯޅައިގައި ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، މާޒިޔާ އޮތީ އޭއެފްސީ މުބާރާތަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެ، ގއުމަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދަ އަޅައި މަސައްކަތްކުރުމުގެ އަޒުމުގައި ކަމަށެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާއާއެކު އެއް ގްރޫޕެއްގައި ހިމެނެނީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާއެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ، އޮކްޓޫބަރު 26، އޮކްޓޫބަރު 29 އަދި ނޮވެމްބަރު 1 ގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ.

މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

ޗެލެންޖް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާގެ އީސްޓް ބެންގާލް، ލެބަނަންގެ ނަޖްމޭ، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަދި ބޫޓާންގެ ޕާރޯ އެފްސީ އެވެ. އެ ގްރޫޕްގެ މެޗުތައް ކުޅޭނީ ބޫޓާނުގަ އެވެ. ގްރޫޕް ސީގައި ހިމެނެނީ އޮމާންގެ އަލް ސީބް ކްލަބާއި ސީރިއާގެ އަލް ފަތުވާ، ބަހުރޭނުގެ އަލް އަހްލީ އަދި ފަލަސްތީނުގެ ހިލާލް އަލް ގުދުސް އެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭނީ އޮމާނުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް