ކެޓްރީނާ ބުނީ ބައެއް ފަހަރު ކާ މޭޒުގައި ފޯނު ބޭނުންކުރާތީ ވިކީ އޭނާއަށް ފޯނު ބާއްވާލުމަށް އެދޭ ކަމަށެވެ.
ކެޓްރީނާ ބުނެފައިވަނީ އޭނާ ކާ ވަގުތުތަކުގައި ފޯނު ބޭނުންކުރަނީ މުހިންމު އިވެންޓުތަކުގެ މައުލޫމާތު ހޯދާށެވެ. އަދި އެއީ އޭނާއަށް ވަރަށް މުހިންމު ކަމެއްކަން ވިކީއަށް އެނގޭނެކަމަށްވެސް އޭނާ ބުންޏެވެ.
ކެޓްރީނާ އަކީ ކާމިޔާބު އެކްޓްރެސްއެއްގެ އިތުރުން "ކޭ ބިއުޓީ" ނަމުގައި ކޮސްމެޓިކްސް ބްރޭންޑެއް ހިންގާ ވިޔަފާރިވެރިއެކެވެ. މި ދެ ދާއިރާ ބެލެންސްކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.