ads
އަހަރުގެ މިހާތަނަށް ޗައިނާއިން 27،706 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ - ފޮޓޯ:ޗައިނާ އެމްބަސީ
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެ
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެ އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1.3 މިލިއަން ފަތުރުވެރިންގެ ތެރެއިން 848210 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުގެ ފަތުރުވެރިންނެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 189470 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރީ 114413 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 5 ގައުމު

  • ޗައިނާ - 188229 ފަތުރުވެރިން
  • ރަޝިއާ - 141312 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 113943 ފަތުރުވެރިން
  • އިޓަލީ - 97876 ފަތުރުވެރިން
  • ޖަރުމަނު - 92792 ފަތުރުވެރިން

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސްޕޭން އިން ނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު އެވްރެޖުކޮށް ރާއްޖެއަށް 7،400 ފަތުރުވެރިން އައިސްފައިވެ އެވެ. އެ މަހު ޖުމްލަ 217000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. ނިމުނު މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 6،500 އަށް ވަނީ އިތުރުވެފަ އެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ. 

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1252 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 14 ހޮޓަލާއި 879 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 60954 އެނދު އޮޕަރޭޓްކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ 684680 ފަތުރުވެރިންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް