އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮތީ މާލެ އަތޮޅު ތުލުސްދޫގައެވެ. މިދިޔަ އަހަރުވެސް ފިރިހެން އޯޕަންގެ ޗެމްޕިއަންކަން ހޯދީ އިންޑޮނޭޝިއާގެ ސާފަރެކެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ޖަޕާނުގެ ސާފަރެކެވެ.
ޕަޖަރް ޗެމްޕިއަންކަން ހޯދާފައި ވަނީ ޖުމްލަ 15.50 ޕޮއިންޓް ހޯދައިގެންނެވެ. އަންހެން ޗެމްޕިއަންކަން މިރާއީ އިކޭޑާ ހޯދީ އޮތް ފައިނަލް ހީޓުގައި 12.93 ޕޮއިންޓް ހޯދައިގެންނެވެ.
އަންހެން އަދި ފިރިހެން އޯޕަން ބައިން ވެސް ދެކުނު އޭޝިއާގެ އެއްވަނަ ގައުމުގެ ގޮތުގައި ރާއްޖެއަށް ވަނީ 2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިން އިން ޖާގައެއް ޔަގީން ކޮށްފަ އެވެ.