އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރެއްވި ސަބަބެއް ސާފެއް ނުވެއެވެ.
ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައްޔަންކުރައްވީ 30 ޖެނުއަރީ 2024 ގައެވެ.
މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައި މިވަނީ ޕިޖީކަމުން ޝަމީމް ވަކިކުރުމަށްފަހު އެ މަގާމަށް މުހްތާޒު އައްޔަން ކުރަން އުޅޭކަމަށް އަޑުފެތުރިފައިވަނިކޮށެވެ.
ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒް އައްޔަންކުރި އިރު، މާޗް މަހު މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން އޭނަ ނިންމެވި އެވެ. އެކަމަކު ދާއިރާ އަށް ދަނގެތީ ދާއިރާއަށް ޕްރައިމަރީގައި ވާދަކޮށްގެން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.
މުހުތާޒަށް ލިބިވަޑައިގަތީ 185 ވޯޓެވެ. .