ads
އެމްޑީޕީން މިއަދު ބޭއްވި ޕްރެސްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ
ސިޔާސީ މުވައްޒަފުންގެ އަދަދު 4500 އަރާ: އެމްޑީޕީ
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 4500 އަރާކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
Advertisement

އެ ޕާޓީން  މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް 2500 ސިޔާސީ މުވައްޒަފުން ނަގާފައިވާކަމަށެވެ. އަދި އެ މުވައްޒުންގެ މުސާރައަށް އަށްް ކުރާ ހޭދަ %15 ބޮޑުވެފައިވާ ކަމަށެވެ.

"ގައުމިއްޔަތު ނަމުގައި ކޮލެޖެއް ހަދައި އެތަނަށް ބޮޑު މުސާރަ ދީފައި 50 ކޮންސަލްޓެންޓުން އެބަތިބި ނަގާފައި. ސިޔާސީ މަގާމްތަކަށް 2000އަށް ވުރެ ގިނަ މީހުން އެބަތިބި އަދި ކުންފުނިތަކަށް އެބަހުރި 2500އަށް ވުރެ ގިނަ މީހުން ނަގާފައި." އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ސީޔާސީ މުވައްޒަފުން ނަގަފައިވަނީ އެމްއޭސީއެލާއި އެމްޓީސީސީ ފެނައަކަށް އަދި އައިލެންޑް އޭވިއޭޝަނަށްކަމަށެވެ. އަދި މު ކުންފުނިތަކުގެ ހަރަދު ބޮޑުވެފައިވާކަމަށް އަމީރު ވިދާޅުވިއެވެ. 

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 700 ވުރެ ސީޔާސީ މުވައްޒަފުންގެ އަދަދު ބޮޑު ނުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް މިހާތަނަށްވެސް ސަރުކާރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާ އަދަދުތައް ހާމަކޮށްފައެއް ނުވެ އެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ބައެއް މީޑިއާތަކުން ހުށައެޅުމުންވެސް ބައެއް އިދާރާތަކުން ވަނީ އެ މައުލޫމާތު ނުދީ ހިފަހައްޓާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް