ads
ބަންގާޅު މީހާ ފޮރުވައިގެން ގެންދަނިކޮށް އަތުލައިގެން ޑޮލަރުތައް
ބަންގާޅު މީހަކު ވަގަށް ބޭރުކުރަން އުޅުނު 80 ހާސް ޑޮލަރު އަތުލައިފި
ބަންގަލަދޭޝް މީހަކު ވަގަށް ރާއްޖެއިން ބޭރުކުރަން އުޅުނު 80 ހާސް ޑޮލަރު އަތުލައިފި އެވެ.
Advertisement

އޭވިއޭޝަން ކޮމާންޑުން ބުނީ މި މީހާ އަތުލައިގަތީ މިއަދު  ޔޫއެސް ބަންގްލާ އެއާލައިނުން ފުރަން އުޅެނިކޮށްކަމަށެވެ. އެ އިދާރާއިން ބުނީ މި މީހާ ފޮރުވައިގެން ބޭރުކުރަން އުޅުނީ 81030 ޑޮލަރުކަމަށެވެ. 

އޭވިއޭޝަން ކޮމާންޑުން ބުނީ މި މީހާ މި ޑޮލަރުތައް ރާއްޖެއިން ބޭރުކުރަން މަސައްކަތް ކުރީ ލަގެޖްގައި ފޮރުވައިގެން ޤަވާއިދާއި ހިލާފަށްކަމަށެވެ. އެ އިދާރާއިން އާއްމުކުރި ފޮޓޯތަކާއި ވިޑިއޯއިން ފެންނަ ގޮތުން މި މީހާ މިހާ ގިނަ އަދަދެއްގެ ޑޮލަރު ފޮރުވާފައި ހުރީ ކޯން ޕްލޭކްސް ފޮއްޓެއްގެ ތެރޭގައެވެ. އޭނާ ވަނީ އެއީ ކޯން ޕްލޭކްސްކަމަށް ދެއްކުމަށް އޭގައި އިންނަ ފޮއިލް ޕެކުގައިވެސް ބަންދުކޮށްފައެވެ. އޭގެތެރެއަށް އޭނާ އެތަކެތި ލާފައިވަނީ ބޮނޑި ބޮންޑިއަށް ބަދެ ހަ ބޮނޑީގެ ގޮތުގަ އެވެ. 

your imageބަންގާޅު މީހާ ފޮރުވައިގެން ގެންދަނިކޮށް އަތުލައިގެން ޑޮލަރުތައް ފޮރުވާފައި ހުރި ތަކެތި 

މި މީހާ ހިފަހައްޓާ  ކަމާބެހޭ އިދާރާތަކާއި ހަވާލުކޮށްފައިވާކަމަށް އޭވިއޭޝަން ކޮމާންޑުން ބުނެއެވެ. 

ކުރިން ބޭރު ކުރިހެން ނަގުދު ފައިސާ ރާއްޖޭން ބޭރު ނުކުރެވޭ ގޮތަށް ކަސްޓަމްސްގެ ކޭޝް ޑެކްލަރޭޝަނަށް ބޮޑު ބަދަލެއް ދާދި ފަހުން ވަނީ ގެނެސްފައެވެ. އެގޮތުން ރާއްޖޭން ބޭރަށް 10،000 ޑޮލަރަށް ވުރެ އިތުރަށް (ދިވެހި ނުވަތަ ބޭރު ފައިސާ) ހިފައިގެންދާ މީހާ ހިފަހައްޓާ އެއީ ކޮންތާކުން، ކިހިނެއް ހޯދި ފައިސާއެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާ ސުވާލުކުރާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް