ads
އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން
ސަމާލުވޭ، މާލެ ތެރޭގައި ވަގު ޑޮލަރު އެނބުރެނީ!
ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއްގެ އަތުން ވަގު ޑޮލަރުތަކެއް ފެނިއްޖެއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭއިން އިއްޔެ ހައްޔަރު ކުރި އިންޑިޔާ ދެ މީހެއްގެ އަތުން ވަގު ޑޮލަރުތަކެއް ފެނިފައިވެއެވެ. މި ދެ މީހުންނަކީ، ފުލުހުންނަށް ލިބިފައިވާ ބަނގުރަލާ ގުޅޭ ރިޕޯޓަކާ ގުޅިގެން ތަނެއް ބަލައި ފާސްކުރުމަށް ފަހު ހައްޔަރު ކުރި ދެ މީހުންނެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ބަނގުރާ ގެންގުޅުމުގެ ތުހުމަތެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުން މަތީގެ އިންޑިޔާ ދެ ފިރިހެނުންނެވެ. ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާއިރު، މި ދެ މީހުންނަކީ ގަވައިދާ ހިލާފަށް އުޅެމުންދާ ދެ މީހުންނެވެ. މި ދެ މީހުން ބަންދު ކުރަން އަމުރުކުރީ ގާޒީ ހުސައިން ފާއިޒް ރަޝާދުއެވެ. 

މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ދެ މީހުން ހައްޔަރު ކުރީ ޓަޗްމާޓް ކިޔާ ފިހާރައެއްގައި ބަނގުރާ ވިއްކާކަމުގެ މައުލޫމާތު ލިބިގެންނެވެ. އެ ފިހާރަ ބަލައި ފާސްކުރިއިރު، އެ ތަނުގެ ގުދަނުން ގިނަ އަދަދެއްގެ ބަނގުރަލާ ފައިސާ ފެނިފައިވެއެވެ. އެތަނުން ފެނުނު ފައިސާގެ ތެރޭގައި ވަގު ޑޮލަރު ހިމެނޭކަން މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިންޑިޔާ ދެ މީހެއްގެ އަތުން ވަގު ޑޮލަރު މި ފެނުނީ، ރާއްޖޭގައި ޑޮލަރުގެ ތަށިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް