ads
ވަގުތީ ގޮތުން ވެހިކަލްތައް ޕާކުކުރަން ހުޅުމާލެ އިން ޓްރާންސްޕޯޓަށް ދިން ބިން
ނުގަވައިދުން ހުރި ވެހިކަލްތައް އެކަމަށް ހާއްސަކުރި ބިމަށް ގެންދަން އެދެފި
މާލޭ ސަރަހައްދުގައި ނުގަވައިދުން ހުންނަ ވެހިކަލްތައް ގަވައިދަށް ފެއްތެން ދެން ވަގުތީ ގޮތުން ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖެއްސި ބިމަށް ވީ އެންމެ އަވަހަކަށް ގެންދިޔުމަށް ޓްރާންސްޕޯޓުން އަންގައިފިއެވެ.
Advertisement


މާލޭ ސަރަހައްދުގައި ނުގަވައިދުން ހުންނަ ވެހިކަލްތައް ގަވައިދަށް ފެއްތެން ދެން ވަގުތީ ގޮތުން ޕާކުކުރުމަށް ހުޅުމާލޭ ދެވެނަ ފިޔަވަހިން ބިމެއް ހަމަޖައްސާ ޓްރާންސްޕޯޓް މިނިސްޓްރީއާ އެޗްޑީސީން ވަނީ ހަވާލުކޮށްފައެވެ. 

ޓްރާންސްޕޯޓުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުނޅަދުތަކާއި އެހެން ޒޯނު ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް "އޭ" ޒޯނުގައި ދުއްވާ ދުއްވުމާއި، ޕާކް ކުރުމާއި، ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު މިހާރު ދީފައިވާކަމަށެވެ. އަދި މިފަދަ އުޅަނދުތައް ވަގުތީގޮތުން ބަހައްޓާނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާތީ އެއުޅަނދުތައް ވީ އެންމެ އަވަހަކަށް އެކަމަށް ހާއްސަ ކުރެވިފައިވާ ބިމަށް ގެންދިއުމަށް އަންގާކަމަށް ޓްރާންސްޕޯޓުން މިއަދު ނެރުނު އިއުލާންގައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން އުޅަނދާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ނިންމުމަށް އަންގާކަމަށްވެސް ޓްރާންސްޕޯޓުން މިއަދު އާއްމުކުރި އިއުލާންގައިވެއެވެ.

" މި އެންގުމާ ހިލާފުވާ އުޅަނދުތަކާމެދު މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން. " ޓްރާންސްޕޯޓުން ނެރުނު އިއުލާންގައިވެއެވެ.

މާލޭ ސަރަހައްދުގައި ނުގަވައިދުން ހުންނަ ވެހިކަލްތައް ގަވައިދަށް ފެއްތެން ދެން ވަގުތީ ގޮތުން ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖެއްސި ބިމުގައި އެންމެ ގިނަ ދުވަހަށް އުޅަނދެއް ބޭއްވޭނީ ހަ މަސް ދުވަސްވަންދެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދު ފުލުހުން ބަލަހައްޓާނެކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް