ads
ފެނަކަ
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރަން ރައީސް މުއިއްޒު ނިންމަވައިފި
ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ގަނެ ފެނަކަ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ ގޮތަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
Advertisement

ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ފެނަކައިގެ ސައްތައިން ސައްތަ ހިއްސާ އެސްޓީއޯއިން ގަތުމަށެވެ. މިގޮތަށް ނިންމީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަން މި އަހަރު ނިމުމުގެ ކުރިން ނިންމަން ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.

އެ ބަދަލު ގެނައުމަށްޓަކައި، އެސްޓީއޯގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިހުތިޔާރު އެސްޓީއޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒު ކުރުންފަދަ ކަންކަމުގެ އިހުތިޔާރު އެސްޓީއޯއަށް ދިނުމަށް ނިންމައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު އެސްޓީއޯއަށް ދިނުމަށާއި، މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުމަށް ކެބިނެޓުން ނިންމައިފައިވެ އެވެ.

your imageވަޒީރުންގެ މަޖިލިސް ޖަލަސްސާއެއްގެ ތެރެއިން

މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސްޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދަން ވަނީ ނިންމައިފަ އެވެ.

ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ހާއްސަކޮށް އުފައްދާފައިވާ ފެނަކައިން އެސްޓީއޯއަށް ތެލުގެ ފައިސާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ މި ސަރުކާރު ހަވާލުވި އިރު ނުދައްކާ އޮތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

މި ނިންމުން ނިންމީ ޔުޓިލިޓީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި، މި ބަދަލުގެ ސަބަބުން ފެނަކައިގެ ހިންގުން ހަރުދަނާވެ މާލީގޮތުން ބާރުވެރިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް