ޓީޓީގެ ރޭންކިންގެ އެއްވަނަ ދީމާ ހޯދިއިރު، ދީމާއާއެކު ފިރިހެން އެއްވަނައިގަ އޮތީ މޫސާ މުންސިފް އަހްމަދުއެވެ.
ދީމާ، އެންމެ ފުރަތަމަ ގައުމީ ރޭންކިން މުބާރާތުގައި ވާދަކުރީ 2018 ގަ އެވެ. އޭގެ ފަހުން މިދިޔަ ހަތް އަހަރުވެސް އެއްވަނައިގަ އޮތީ ދީމާއެވެ. ރޭންކިންގެ ތިން ބުރުގައި ކުޅުނު 24 މެޗުން ވެސް މޮޅުވެ ދީމާ ވަނީ ޖުމުލަ 48 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ފިރިހެން ރޭންކިންގައި ތަޖުރިބާކާރު މޫސާ މުންސިފް އަހްމަދު ވަނީ މެދުކެނޑުމަކަށް ފަހު އަލުން ރޭންކިންގެ އެއްވަނަ ހޯދައިފަ އެވެ. ކުޅުނު އަށް މެޗުން ވެސް މޮޅުވެ އޭނާ ވަނީ ޖުމުލަ 48 ޕޮއިންޓް ހޯދާފަ އެވެ.