ads
ކަންގަނާ އަދި އިންޑިއާގެ ބޮޑުވަޒީރު މޯޑީ
ބީޖޭޕީގެ ވަރުގަދަ އިންޒާރެއް ކަންގަނާ އަށް
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީން ކަންގަނާ ރަނާވަތްގެ ދަނޑުވެރިންގެ އިހުތިޖާޖާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ދެކޮޅު ހަދައިފިއެވެ. ޕާޓީން ބުނެފައިވަނީ ކަންގަނާއަށް އެފަދަ ބަސްތައް ކުރިއަށް އޮތްތަނުގައި ނުބުނުމަށް އަންގާފައިވާ ކަމަށެވެ.
Advertisement

މި މައްސަލަ ޖެހުނީ ކަންގަނާ ރަނާވަތް ދަނޑުވެރިންގެ އިހުތިޖާޖާ ގުޅޭ ގޮތުން ކުރި ޓްވީޓަކާއި ގުޅިގެންނެވެ. އެ އިހުތިޖާޖުގެ ސަބަބުން އިންޑިއާ ބަންގްލަދޭޝް ފަދަ ހާލަތަކަށް ގޮސްދާނެކަމަށް ބުނެފައިވެއެވެ. 

އޭނާ ބުނެފައިވަނީ އިހުތިޖާޖުގެ ތެރޭގައި މަރުވި މީހުންގެ ހަށިގަނޑުތައް ދަމާލާފައި ހުރި ކަމަށާއި، ރޭޕްގެ މައްސަލަތައް ހިނގާފައިވާ ކަމަށެވެ.

ބީޖޭޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކަންގަނާގެ ބަސްތަކަކީ ޕާޓީގެ ވިސްނުން ނޫން ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ހުއްދައެއް ކަންގަނާއަށް ދީފައި ނުވާ ކަމަށް ބުނެފައިވެއެވޗެ.  އަދި ކުރިއަށް އޮތްތަނުގައި އެފަދަ ގޮތަކަށް ވާހަކަ ނުދެއްކުމަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބީޖޭޕީން ބުނެފައިވަނީ އެ ޕާޓީއަކީ "ސަބްކާ ސާތު، ސަބްކާ ވިކާސް، ސަބްކާ ވިޝްވާސް އަދި ސަބްކާ ޕްރަޔާސް" ގެ އުސޫލުތަކަށް ތަބާވާ އަދި އިޖުތިމާއީ އެއްބައިވަންތަކަމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

މި މައްސަލައިގައި ބީޖޭޕީން މިހާ ހަރުކަށި ފިޔަވަޅެއް އަޅާފައިވަނީ ކަންގަނާގެ ބަސްތަކުން ދަނޑުވެރިންނާއި އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ޕާޓީގެ އިމޭޖަށް އަސަރު ކޮށްފާނެތީ ކަމަށް ބެލެވެއެވެ.

ކަންގަނާ އަމަރްދީޕް ރަނާވަތް އަކީ 1986 މާރިޗު 23 ގައި އުފަން އިންޑިއާގެ ފިލްމީ ތަރިއެކެވެ. އޭނާ ވަނީ 2024 ޖޫން މަހުން ފެށިގެން މަންޑީ ދާއިރާއިން ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި ހޮވިފައެވެ. ކަންގަނާ މަޝްހޫރުވެފައިވަނީ އަންހެނުންނަށް އިސްކަންދޭ ހިންދީ ފިލްމުތަކުގައި ހިތްވަރުގަދަ އަދި އާދަޔާ ޚިލާފު އަންހެނުންގެ ދައުރު އަދާކުރާ ތަރިއެއްގެ ގޮތުގައެވެ. އޭނާއަށް ވަނީ 4 ނެޝަނަލް ފިލްމް އެވޯޑާއި 5 ފިލްމްފެއަރ އެވޯޑް ލިބިފައެވެ. އަދި ފޯބްސް އިންޑިއާގެ ސެލެބްރިޓީ 100 ލިސްޓުގައި 6 ފަހަރު ހިމެނިފައިވެއެވެ. 2020 ވަނަ އަހަރު އިންޑިއާ ސަރުކާރުން އޭނާއަށް ޕަދްމަ ޝްރީ އެވޯޑް ދީފައިވެއެވެ. މިއީ އެ ގައުމުގެ ހަތަރުވަނައަށް އެންމެ މަތީ ސިވިލް އެވޯޑެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް