ads
ރައީސް މުއިއްޒު ފ. ނިލަންދޫ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކައުންސިލަރުންގެ އަދަދު ގިނަ، ރައްޔިތުން ބޭނުމީ ތައުލީމީ މީހުން: ދިރާސާ
ލޯކަލް ކައުންސިލްތަކަށް އިންތިހާބުކުރާ މެންބަރުންގެ އަދަދު އިތުރު ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
Advertisement

ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ އިސްލާހު ތައް ދެނެގަތުމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާ އެ ޔުނިވާސިޓީ ވަނީ އާއްމުކޮށްފަ އެވެ. 

އެ ދިރާސާގައި ވާގޮތުން ގިނަ ރައްޔިތުން ދެކޭ ގޮތުގައި ކައުންސިލަރުންގެ އަދަދު އިތުރެވެ. އަދި ކައުންސިލަރުންނަށް އިންތިހާބުކުރަންވާނީ ތައުލީމީ އަދި ގާބިލު މީހުންކަމަށްވެސް ދިރާސާގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކައުންސިލަރުން އިންތިހާބުކުރެވޭ އަދަދު ކަނޑައަޅަންވާނީ ދާއިރާގެ އާބާދީއަށް ބަލައިގެންކަމަށްވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. 

ލާމަރުކަޒީ ނިޒާމް ގާއިމްކުރުމުން ދެކޭ ތަސައްވަރުތަކާއި ހުރި ގޮންޖެހުންތައް އަދި އަސަރުތައް ދެނެގަތުމަށްޓަކައި ޔުނިވާސިޓީގެ ފަރާތުން އަތޮޅުތަކަށް ދަތުރުކޮށް އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށް ގެންދިޔަ މި ދިރާސާއަކީ މިނިވަން ދިރާސާއެއް ކަމަށް އެމްއެންޔޫއިން ބުނެ އެވެ. 

ރާއްޖޭގެ އެކި އަތޮޅުތަކުން އުތުރު، މެދުރާއްޖެ އަދި ދެކުނު ހިމެނޭގޮތަށް މަދުވެގެން 1155 މީހުންނާއި ދިރާސާ ޓީމުން ސުވާލުކޮށްފައިވާކަމަށް އެމްއެންޔޫއިން ބުނެ އެވެ. އަދި ކޮންމެ ސަރަޙައްދަކުން އާބާދީގެ ނިސްބަތުން ކުދި އަދި މެދު ފަންތީގެ ރަށްތަކަށް ޓީމްތައް ދަތުރުކޮށް ސާވޭގައި ސުވާލުކުރިކަމަށްވެސް ގައުމީ ޔުނިވާސިޓީން ބުނެ އެވެ.

މި ސާވޭގައި އަލިއަޅުވައިލެވުނު މުހިންމު ބައިތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގައި ހުރި އުނި ކަންކަންކަމާއި، ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، ލާމަރުކަޒީ ނިޒާމުގެ ފައިދާތަކާއި، ގޮންޖެހުންތަކާއި، ދާއިރާގައި މިހާރު ކައުންސިލަރުންގެ އަދަދަކީ އާބާދީ ސައިޒަށް އެކަށީގެންވާ އަދަދެއް ކަމަށް ގަބޫލްކުރާ މިންވަރާއި އަދި އާބާދީގެ ސައިޒަށް ބަލައިގެން ކައުންސިލަރުންގެ އަދަދު ހަމަޖައްސަންޖެހޭ ކަމަށް ގަބޫލްކުރާ މިންގަޑު ހިމެނެ އެވެ.

ގައުމީ ޔުނިވާސީޓިން ބުނީ ދިރާސާގެ ފައިނަލް ރިޕޯޓް އަންނަ މަހު އާއްމުކުރާނެކަަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް