ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ކޮވިޑް-19 އާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު ބައިވެރިވެއްޖެ
ކޮވިޑް-19 އާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި އެކުވެރި އަރަބި އިމާރާތް ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މިނިސްޓީރިއަލް ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން ސައޫދީ އަރަބިއްޔާ، ޔޫ.އޭ.އީ، ޕާކިސްތާން، މޮރިޓޭނިއާ، ޗަޑް، ތުރުކީ، މިސްރު، މެލޭޝިޔާ، އިންޑޮނޭޝިއާ އަދި ސޫދާން ބައިވެރިވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

ދެގަޑިއިރެއްހާއިރު ބޭއްވުނު މިބައްދަލުވުމުގައި ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމަށާއި، މިހާރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް، ޓެސްޓު ކިޓް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހޯދުމަށް އެހީތެރިވުމަށް އެއްބަސްވާ އެއްބަސްވުމެއް ފާސްކުރެވުނު ކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ.

މިބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ދޮރު މިދަނޑިވަޅުގައި ބަންދުކުރަން ޖެހުމަކީ ނުހަނު ގިނަގޮތްގޮތަށް ވިސްނުމަށްފަހު ނިންމެވި ނިންމެވުމެއްކަމަށް ވިދާޅުވެ، ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދެއްކެވިކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

އޯއައިސީގެ ހަތްވަނަ އިސްލާމިކް ކޮންފަރެންސް އޮފް މިނިސްޓީރިއަލް ހެލްތު ވަނީ މިދިޔަ ޑިސެމްބަރު މަހު ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް