އޭލެވެލްއަށް ފަހު ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ރަފާ އެނބުރި އައިސް މި ކުޅުނީ ގާތްގަނޑަކަށް އެއް އަހަރަށް ފަހުއެވެ. މިދިޔަ އެއް އަހަރު ދުވަހު ރާއްޖޭގެ ޑޮމެސްޓިކް މުބާރާތެއްގައި އޭނާ ނުކުޅެއެވެ. މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ރަފާ އަލުން ވަނީ ރޭންކިންގެ ދެވަނަ މަގާމު ހޯދާފަ އެވެ. އޭނާ ވަނީ ޖުމުލަ 21 މެޗުން މޮޅުވެ 45 ޕޮއިންޓް ހޯދާފަ އެވެ. އެއްވަނައަކީ ރަފާއާއެކު ގިނަ މުބާރާތްތަކުގައި ކުޅޭ ދީމާއެވެ.
އަންހެން ރޭންކިންގެ ގަދަ ފަހެއް
1. ފާތީމަތު ދީމާ އަލީ – ޖުމުލަ ޕޮއިންޓް 48
2. އާއިޝަތު ރަފާ ނާޒިމް - ޖުމުލަ ޕޮއިންޓް 45
3. މިޝްކާ މުހައްމަދު އިބްރާހިމް - ޖުމުލަ ޕޮއިންޓް 41
4. ލައިސާ ފަތުހުﷲ އިސްމާއީލް – ޖުމުލަ 39 ޕޮއިންޓް
5. ފާތިމަތު ޖުމާނާ ނިމާލް – ޖުމުލަ ޕޮއިންޓް 35