ads
ޑޮލަރުން ޓެކްސް ނަގަން ގާނޫނަށް ބަދަލު ގެންނަން މަޓާޓޯއިން ތާއީދު - ފޮޓޯ: މަޓާޓޯ
ޑޮލަރުން ޓެކްސް ނަގަން ގާނޫނަށް ބަދަލު ގެންނަން މަޓާޓޯއިން ތާއީދު
ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އިގުތިސާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ގަބޫލުކުރާ ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ބުނެފި އެވެ.
Advertisement

ސަރުކާރުން ވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސް، ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގަން ނިންމައިފަ އެވެ. އަދި ޖީއެސްޓީ ނަގާ އުސޫލު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބަދަލު ކުރަން ވެސް ނިންމައިފަ އެވެ. އޭގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖު ވެސް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ނިންމުންތަކަށް މަޓާޓޯއިން މަރުހަބާ ކިޔާފައިވަނީ އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

މަޓާޓޯއިން ބުނީ ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތު ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ އިސްތިރާޖީ ދުރު ވިސްނުންފުޅަށް އެ އެސޯސިއޭޝަނުން ތާއިދުކުރާ ކަމަށެވެ. އަދި އިގުތިސާދުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހަރަދު ކުޑަކޮށް، ހަރަދުތައް ސަލާމަތް ކުރުމަށް ޓަކައި ފިޔަވަޅުތައް ތައާރަފު ކުރުމުގެ މަގުސަދުގައި ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާހު ކުރުމުގެ އެޖެންޑާއެއް ތަންފީޒު ކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަޓާޓޯއިން ތާއިދުކުރާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.

"ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކްސް ނެގުމަކީ ކުރަން ޖެހޭ ކަމެއް. އެއީ އިގްތިސޯދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ގަބޫލުކުރެވޭ،". މަޓާޓޯއިން ބުނެފައިވެ އެވެ.

ހަރުދަނާ މާލީ ސިޔާސަތުތަކުގެ މުހިންމު ކަމާއި އާމްދަނީ ހޯދުން އިތުރުކޮށް، ނިޒާމުގެ ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލު ގެނެވޭ ފަދަ އިސްލާހުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަކޮށް މަޓާޓޯއިން ބުނީ، މި ވަގުތަކި އިސްލާހުތަކަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.

މަޓާޓޯއިން ވަނީ އެ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް، ކަމާ ގުޅޭ ބައެއް ގާނޫނުތަކަށް ބަދަލު ގެނެސް، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދައްކާ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިފަހުން ވަނީ ވިދާޅުފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް