ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންއެއްގައި އޮތްއިރު ހުރިހާ ފަންނާނުން ވެސް އަންނަނީ ގޭގައި ތަފާތު ކަންކަން ކުރަމުންނެވެ.
އެގޮތުން ކަރަން މިވަނީ އޭނާގެ އިސްތަށިގަނޑު ކޮށާލާ، މަތިމަހާއި ތުނބުޅި ވެސް ބާލާފައެވެ. ކަރަން ބުނިގޮތުގައި އޭނާ މަތިމަހާއި ތުނބުޅި އެ ބޭލީ ފަސް އަހަރު ފަހުންނެވެ.
ކަރަން އަށް މިއައި ބަދަލު ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. އަދި ގިނަ ބަޔަކު ބުނަނީ ކަރަންގެ ސިފަ ގެއްލިފައިވާ ކަމަށެވެ.
"ކަހާ ހަމް ކަހާ ތުމް" ދެއްކުން ހުއްޓާލީ ވަރަށް ފަހުންނެވެ. ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ކަރަން ވަނީ ގިނަ ޓީވީ ޝޯތަކުގައި މަސައްކަތްކޮށްފައެވެ.