ads
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައި އިޓަލީގެ ނޫސްވެރިންގެ ޓީމް - ފޮޓޯ:އެމްއެމްޕީއާރުސީ
އިޓަލީން މި އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
އިޓަލީން މި އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
Advertisement

ރާއްޖެ އަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓްގެ ހަތަރު ވަނައިގައި އޮތް އިޓަލީން މި މަހުގެ 26 އާ ހަމައަށް 100،082 ފަތުރުވެރިން އައިސްފައިވެ އެވެ. މިއާ އެކީ އިޓަލީ ވެފައި ވަނީ 100،000 އަށް ވުރެ ގިނަ ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކުރި ހަތަރު ވަނަ ގައުމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 194907 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 5 ގައުމު:

  • ޗައިނާ - 194907 ފަތުރުވެރިން
  • ރަޝިއާ - 144683 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 116073 ފަތުރުވެރިން
  • އިޓަލީ - 100082 ފަތުރުވެރިން
  • ޖަރުމަނު - 94606 ފަތުރުވެރިން

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސްޕޭން އިން ނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު އެވްރެޖުކޮށް ރާއްޖެއަށް 7،400 ފަތުރުވެރިން އައިސްފައިވެ އެވެ. އެ މަހު ޖުމްލަ 217000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. ނިމުނު މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 6،500 އަށް ވަނީ އިތުރުވެފަ އެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ. 

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1252 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 14 ހޮޓަލާއި 879 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 60974 އެނދު އޮޕަރޭޓްކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ 659804 ފަތުރުވެރިންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް