ads
ހައިބޫ ގެ ވެރިންނާ ސައީދު ބައްދަލުކުރުން
"ހައިބޫ" ގެ ވެރިންނާ މިނިސްޓަރު ސައީދު ބައްދަލުކޮށްފި
އެމެރިކާގެ ހައިބޫ މީޑިއާ ގްރޫޕުގެ އިސްވެރިންނާ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.
Advertisement

ހައިބޫގެ އުފެއްދުންތަކަކީ ޖަނަވާރުންނާ ވާހަކަދެއްކުމުގެ ޤާބިލުކަން ލިބިފައިވާ 10 އަހަރުގެ އަންހެން ކުއްޖެއް (ހިޔާލީ އަންހެންކުއްޖެއް)ގެ ތަޖްރިބާތައް ދައްކައިދޭ އެނިމޭޓެޑް އުފެއްދުމެކެވެ. 

އެގޮތުން އޭނާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ތަޖްރިބާ ތަކުގެ ތެރެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ސަލާމަތްކުރުމަށްޓަކައި މުޖްތަމަޢުގެ ސަމާލުކަން ހޯދުމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރެއެވެ. 

ހައިބޫގެ ދުނިޔެއަކީ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އުނގަންނައިދޭ ޒަމާނީ މުނިފޫހިފިލުވުމުގެ ވަސީލަތެކެވެ. ހައިބޫގެ މަޝްރޫޢުގައި ފޮތްތަކާއި، އެނިމޭޓެޑް ޓީވީ ސީރީޒްތަކާއި، ކުޅޭ ތަކެއްޗާއި، ވީޑިއޯ ގޭމްތަކާއި، ފީޗަރ ފިލްމުތައް ހިމެނެއެވެ.

ހައިބޫ މިޑިއާ ގްރޫޕުން ދިވެހިރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި، އުނގަންނައިދިނުމުގެ ދާއިރާގައި ޙަރަކާކްތެރިވާ ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އަދި ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ޒުވާން ފަންނުވެރިންނާ ބައްދަލު ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

your image"ހައިބޫ" ގެ ބައެއް އިސް ބޭފުޅުން މިއަދު މިނިސްޓަރު ސައީދު އާއި ބައްދަލުކުރައްވަނީ

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޮސް އެންޖެލިސްގެ ހައިބޫ އެނިމޭޝަން ޓީމާ ބައްދަލުކޮށް ކްރިއޭޓިވް އިކޮނޮމީގެ ކޯލަބަރޭޓިވް ޕްރޮޖެކްޓެއްގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ހައިބޫގެ އުފެއްދުންތަކުގެ މަގުސަދާއި ހާސިލުކުރެވުނު ކާމިޔާބީގެ ތަޖުރިބާ ކުންފުނީގެ ފަރާތުން މިނިސްޓަރާ ހިއްސާކޮށްފައިވެ އެވެ. އަދި ހައިބޫގެ ތަޖުރިބާގެ އަލީގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް