ads
އެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
ރައީސްގެ އަމާޒަކީ 70،000 މެމްބަރުން، ނޮވެމްބަރަށް ވާނެ :ފަލާހް
ރައީސްގެ އަމާޒަކީ 70،000 މެމްބަރުން ޕީއެންސީއަށް ހަމަކުރުންކަމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންސީން މިއަދު ބޭއްވި ނޫސސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ޕާޓިއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފެށި މަސައްކަތެއް ކަމަށެވެ. އަދި ރައީސްގެ އަމާޒަކީ 70،000 މެންބަރުން ނޮވެމްބަރުގެ ކުރިން ހަމަކުރުންކަން ފާހަގަކުރަމުން ފަލާހު ވިދާޅުވީ އެ އަދަދު ނޮވެމްބަރަށް ހަމަވާނެކަމަށެވެ. 

ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ހެދުމަށް ހަރަކާތްތަކެއް ފެށީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް ޕާޓީއަށް ވަންނަ ބޭނުންވާ މީހުންނަށް ފޯމު ފުރާދިނުމަށް ވަނީ ނިންމާފައެވެ. 

މި ހަރަކާތް ފަށާފައިވަނީ މާލެެއާއި ވިލިގިނލީގައެވެ. މާލެ އާއި އަތޮޅު ތެރޭގައި ޖުމްލަ 12 ދާއިރާއެއްގައި މެމްބަރުން އިތުރު ކުރުމަށް ޕީއެންސީގެ ޓީމުތަކުން މަސައްކަތް ކުރާއިރު މިކަމުގައި 100 ބުރެ ގިނަ މެމްބަރުން ބައިވެރިވާކަމަށް ޕީއެންސީ ބުނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު އެންމެ ބޮޑު އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެ ޕާޓީގައި 50،980 މެންބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތީ ޕީޕީއެމްގެ މެމްބަރުންގެ 34،827 އެވެ. 

ވެރިކަން ކުރާ ޕީއެންސީ އޮތީ މެމްބަރުން އެންމެ ގިނަ ތިންވަނަ ޕާޓީގެ ގޮތުގައެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 28،704އެވެ. މީ ރިޔާސީ އިންތިހާބަށްފަހު އިތުރުވި އިތުރުވުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް