ads
ލޭނު އަޅާއިރު ރައްކާތެރިކަމާއެކު ލޭނު އެޅިދާނެ ގޮތުގެ ކުރެހުމެއް
ލޭނު މަސްވެރިކަމަށް ފެބްރުއަރީގައި ހުޅުވާލާނީ
ލޭނު މަސްވެރިކަމަށް ހުޅުވާލާނީ އަންނަ ފެބްރުއަރީމަހު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ހާމަކުރައްވައިފި އެވެ.
Advertisement

ވެރިކަން ކުރާ، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ލޭނު މަސްވެރިކަން ކޮންމެހެން ފެށުމަށް ކުރަން ޖެހޭ މަސައްކަތައް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރަމުން އަންނަ ކަމަށެވެ.

ލޭނު މަސްވެރިކަމަށް ރާއްޖޭގައި އަލުން ހުއްދަ ދޭން ނިންމާފައިވާއިރު، މަސްވެރިކަމާއި ގުޅޭ އެހެން ބައެއް މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

އެގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމާއެކު ދައުލަތުގެ އާމްދަނީއަށް 120 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެކަމަށް އަންދާޒާ ކުރެއްވޭކަމަށެވެ.

"ފެބްރުއަރީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ ލޯންގް ލައިން ފިޝަރީޒް ހުޅުވާލަން. މި ދޭތެރޭގައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ހަމަ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި މަސްލަހަތުވެރިންނާއި އެކީގައި މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ،" ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމު ވިދާޅުވީ ލޯބޮޑު ކަންނެއްޔަކީ ދުނިޔޭގެ ބާޒާރުގައި ވަރަށް ރަނގަޅު އަގެއް ލިބޭ މަހެއް ކަމަށާއި ދުނިޔެ ހޫނުވާ މިންވަރަށް ބަލާއިރު މިހާރު ލޯބޮޑު މަސްވެރިކަމުގެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

ރާއްޖެއަކީ 99 އިންސައްތަ ކަނޑު ވެއްޖެކަމުގައި ވާނަަމަ ކަނޑުގެ ރޯދިން އިތުރުކުރަން ޖެހޭ ކަންތައްތައް، ކުރަންޖެހޭކަން ހުންނާނެކަން ދިވެހި ރައްޔިތުންވެސް ދެކޭނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ދިވެހިރާއްޖޭގައި ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުން މުރާޖާކޮށް އެކަން ނުކުރުމަށް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އެ ޖަމްއިއްޔާތަކުން ބުނީ ލޭނު މަސްވެރިކަން ކުރަން ހުއްދަދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެން ދާނެކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް