އެ ހޮސްޕިޓަލުން މި ކޭމްޕް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގަ އެވެ. ޑރ. އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްއާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ތަޖުރިބާކާރު ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސްތު ފަހިވާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މިކޭމްޕްތަކުގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާ އެކު، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ތިނަދޫ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމު:
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ.