ads
ފޮޓޯ: ޑީޖޭއޭ
ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފި
ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭގޮތް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހަމަޖައްސައިފި އެވެ.

ޑީޖޭއޭއިން ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑީޖޭއޭއިން ދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ނިންމާފައިވާކަމަށެވެ. 

އެގޮތުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު އީމެއިލް ([email protected]) ކުރުމުން ރެކޯޑު ސާފުކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް ޖަވާބު ދޭނެކަމަށްވެސް ޑީޖޭއޭއިން މައުލޫމާތުދީފައިވެއެވެ. 

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 7766768 ނަމްބަރަށް ގުޅިއިގެން މައުލޫމާތު ސާފުކުރުމަށް ޑީޖޭއޭއިން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް