ads
އައިޝަތު މުހައްމަދު: އޭނާ ވަކިކުރަން ގޮވާލައި ވަނީ ޕެޓިޝަނެއް ހުށަހަޅާފައި - ފޮޓޯ/ ރައީސް އޮފީސް
މަޖީދިއްޔާގެ ޕްރިންސިޕަލާއި ނައިބު ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި
މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެ ސްކޫލްގެ ބެލެނިވެރިންތަކެއް އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
Advertisement

އެ ޕެޓިޝަންގައި ވަނީ، ދެ ބޭފުޅުން ވަކިކުރަން ގޮވާލަނީ މަޖީދިއްޔާގެ ކިޔެވުމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅޭ ކަންކަން ގޯސްވެ، ބޮއްސުންލަމުންދާތީ ކަމަށެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލްގެ ދެ ފަންފަޅީގައި ކިޔަވާ ގިނަ އަދަދެއްގެ ކުދިންގެ ބެލެނިވެރިން ސޮއިކޮށް، އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއަށް ފޮނުވި ޕެޓިޝަންގައި 35 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި:

  • ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ 

  • ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގަން އެކަށީގެންވާ ސަމާލުކަމެއް ނުދޭ

  • ވަކި ފިކުރެއްގެ ޓީޗަރުން ކުރިއަރުވައި ފުރުސަތުތައް ތަނަވަސްކޮށްދޭ

  • ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ކަންކަން ކުރަމުންދޭ

  • ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ ވިސްނުމާއި ހިޔާލު ތަފާތުވުމުން މުދައްރިސުންނަށް ދަތިތައް ކުރިމަތިވޭ

  • މެނޭޖުމަންޓުގެ ނާގާބިލް ކަމުން ގާބިލް އެތައް ޓީޗަރުން ސްކޫލް ދޫކޮށް ދިއުން.

  • ކުދިންގެ ކިޔެވުމުގެ ފެންވަރު ވެސް ވަރަށް ބޮޑަށް ދަށްވެފައިވޭ

  • ތަފާތު ތަޖުރިބާތައް ދަރިވަރުންނަށް ހޯދައިދޭން މަސައްކަތެއް ނުކުރޭ

  • އެ ސްކޫލްގެ ކްލާސްރޫމްތަކަކަށް އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައިވާ އޭސީތަކެއް ތިން އަހަރުވީ އިރު ވެސް ހަރުކޮށްފައެއް ނުވޭ

  • ސްކޫލްގެ ހަރަކާތްތަކަށް ބެލެނިވެރިން ކުރާ ހަރަދުތަކާއި ބެލެނިވެރިން ހޯދާ ސްޕޮންސާއިން ފައިސާ ހަރަދުކުރާ ގޮތްތަކުގެ ތަފްސީލް ހާމަކުރަން ދެކޮޅު ހަދާފައިވޭ

  • މަޖީދިއްޔާ ސްކޫލްގެ 30 ކްލާސްރޫމު ފިނިކުރަން ބޭނުންވެގެން، މީގެ ދެތިން އަހަރު ކުރިން އޭސީ ޔުނިޓްތަކެއް ހަދިޔާކުރުމުން އަދިވެސް އޭސީ ހަރުކޮށްފައި ނުވުން. އަދި އެކަމުގެ ކޮރަޕްޝަނުގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވޭ.

  • އިތުރު ހަރަކާތްތައް ހިންގާލެއް މަދު

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕެޓިޝަން ލިބިފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް އެ ތަނުން އަދި ނުދެ އެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އައިޝަތު ސޯލިހަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޮއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް