ads
ފިޝަރީޒް މިނިސްޓާ ޝިޔާމް
ރައީސް އިސްކުރެއްވީ މަސްވެރިންގެ ކަންބޮޑުވުން: ޝިޔާމް
މިއަދު ރައީސް، ޑރ. މުހައްމަދު މުއިއްޒު އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ
Advertisement

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ކެބިނެޓުން ނިންމީ މިދިޔަ ޖޫން މަހުގެ 13ގައެވެ. ނަމަވެސް އެ ނިންމުމާ ގުޅޭ ގޮތުން ބައެއް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، ރައީސް އެގޮތަށް ނިންމެވީ ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން، "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން"ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ނިންމެވުމާ ގުޅޭ ގޮތުން ރައީސް އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންއާއި، ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ބައްދަލުކުރައްވާނެ ކަމަށެވެ.

މި ނިންމުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މިއަދު ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، މި ސިނާޢަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށާއި ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ލޭނު މަސްވެރިކަން ރާއްޖޭގައި ކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ފިޝަރީޒް މިނިސްޓްރީން އެކަމާ ގުޅޭ ގަވައިދު ވެސް އާންމުންގެ ހިޔާކަށް ހުޅުވާލި އެވެ. އެކަމާ ގުޅިގެން މަސްވެރިންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވުމަކަށްވީ ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ ރާއްޖެއަށް އެކަމުން ލިބޭ ފައިދާތައް ގެއްލިދާނެތީ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް